6 ރަށެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް އާރްޑީސީން ފޮނުވަން ފަށައިފި
ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަށް ބޭނުންވާ ވެހިކަލްތައް ފޮނުވުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ފަށައިފިއެވެ.
އާރްޑީސީން މިއަދު އެކްސްގައި ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން، މިހާރު ކުރިއަށްދަނީ އުތުރުގެ ތިން އަތޮޅަކަށް ނިސްބަތްވާ ޖުމްލަ ހަ ރަށަކަށް ބޭނުންވާ ބަރު އުޅަނދުތަކާއި މެޝިނަރީ ފޮނުވުމުގެ މަސައްކަތެވެ. އެގޮތުން މިވަގުތު ވެހިކަލްތައް ފޮނުވަމުންދާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ނ. ކެނދިކުޅުދޫ، ނ. މާފަރު، ނ. މާޅެންދޫގެ އިތުރުން ށ. ކަނޑިތީމު، ށ. މަރޮށި އަދި ޅ. ކުރެންދޫ އެވެ.
މި ރަށްރަށުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކަކީ ރަށުގެ އުމްރާނީ ތަރައްޤީއަށް އިންތިހާއަށް މުހިންމު މަސައްކަތްތަކަކަށް ވާއިރު، މި ވެހިކަލްތައް ރަށްރަށަށް ގެންދެވި އަމަލީ މަސައްކަތްތައް ފެށިގެން ދިއުމަކީ ރަށުގެ ރައްޔިތުންނަށް އޭގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެ ކަމެކެވެ.
Ads by BMLސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރެއިން ގިނަ ރަށްތަކެއްގެ މަގުހެދުމާއި ތަރައްޤީގެ އެހެނިހެން ބޮޑެތި މަސައްކަތްތައް އާރްޑީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަމުންނެވެ.
Ads by MACL
