ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފި

އަލިފާނުގެ ހާދިސާގައި އަނދާ ދިޔަ އެޕާޓްމެންޓް ---
އަލިފާނުގެ ހާދިސާގައި އަނދާ ދިޔަ އެޕާޓްމެންޓް ---

މާލޭގެ ހ. ފަހިވައިގައި ރޭ ހިނގި އަލިފާނުގެ ނުރައްކާތެރި ހާދިސާއާ ގުޅިގެން ހާލުގައި ޖެހުނު ހަތަރު މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ހަތްވަނަ ފަންގިފިލާގައި ހުރި ތިން ކޮޓަރީގެ އެޕާޓްމަންޓެއްގެ ސިޓިންރޫމުގައެވެ. އަލިފާންގަނޑު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކޮންޓްރޯލްކޮށް ނިއްވާލެވުނު ނަމަވެސް، އެޕާޓްމަންޓުގެ ސިޓިންރޫމަށް ވަނީ އަލިފާނުގެ ސަބަބުން ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދިން ގޮތުގައި، އަލިފާނުގެ އަސަރުކުރި އެޕާޓްމަންޓުގައި ދިރިއުޅެމުން ދިޔައީ ތިން އަންހެނުންނާއި ފިރިހެނެކެވެ. މި ހަތަރު ދިވެހިންނަށް ބޯހިޔާވަހިކަމުގެ އިތުރުން ކެއިންބުއިމުގެ އިންތިޒާމުވެސް މިހާރު ވަނީ އެ އޮތޯރިޓީން ފޯރުކޮށްދީފައެވެ.

މި ހާދިސާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ގެއްލުމެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ. އަދި އަލިފާން ރޯވުމުގެ ސަބަބުން އިމާރާތުގެ އެހެން ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުންނަށް ދިރިނޫޅެވޭ ވަރުގެ ބޮޑު ގެއްލުމެއް އެހެން ބަޔަކަށް ލިބިފައެއް ނުވެއެވެ.