އަތޮޅުތަކުން: ފ. ނިލަންދޫ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް
ފ. ނިލަންދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށްގެންދާ ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްޞީލު ހާމަކުރަމުން އެމްޓީސީސީން ބުނީ، ޕޮލިސް ސްޓޭޝަންގެ އޮފީސް އިމާރާތުގެ ފުރަތަމަ ފަންގިފިލާގެ ސްލެބް އަދި ބީމްތަކުގެ ޝަޓަރިންގ އާއި ރީއިންފޯސްމަންޓްގެ މުހިންމު މަސައްކަތްތައް މިހާރު ސައިޓުގައި ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޤާއިމުކުރެވިފައިވާ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ އުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތެކެވެ.
Ads by BMLޒަމާނީ ވަސީލަތްތަކާއެކު ތަރައްޤީކުރެވޭ މި ޕޮލިސް ސްޓޭޝަންގެ މަސައްކަތް އެއްކޮށް ނިމުމުން، ނިލަންދޫގެ އިތުރުން ފ. އަތޮޅުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ބެލެވެއެވެ.
ޤައުމު ބިނާކުރުމުގެ އެކި މަޝްރޫޢުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ އެމްޓީސީސީން އަންނަނީ، އެ ކުންފުނީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ހުރިހާ މަޝްރޫޢުތަކެއްގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޢާންމުކޮށް ޙިއްޞާކުރަމުންނެވެ.
Ads by MACL
