ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑުބައި ނިމިއްޖެ

ރަސްމާލެ ހިއްކުމުގެ ދެބައިކުޅައެއްބަޔަށް ވުރެ ބޮޑުބައި ނިމިއްޖެ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތުގެ 55 އިންސައްތަ ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެ ވުޒާރާއިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު، 11 ސައިޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ތެރެއިން މިހާތަނަށް 556.54 ހެކްޓަރުގެ ބިން ވަނީ އެއްކޮށް ހިއްކައި ނިންމާފައެވެ. މިއީ މުޅި މަޝްރޫއުގެ 55.16 އިންސައްތައެވެ.

ޖުމްލަ 1009 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ހިންގާ މަޝްރޫއެކެވެ. ސަރުކާރުން ހާމަކުރައްވާ ގޮތުގައި މި މަޝްރޫއު ނިމުމުން 65,000 މީހުންނަށް ގެދޮރުވެރިކަން ޔަގީންވެގެންދާނެއެވެ.

ރަސްމާލޭގެ ދެބައިކުޅައެއްބައި ހިއްކާ ނިމިފައިވާ ކަމަށް ސަރުކާރުން ބުނެފައި މިވަނީ، އެ މަޝްރޫއުގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. ފުށިދިއްގަރުފަޅު ހިއްކައިގެން ރަސްމާލެ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އިފުތިތާހުކޮށްދެއްވީ ދެހާސް ތޭވީސް ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އަށާރަވި ދުވަހުއެވެ.

މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ މެދުވެރިކޮށް ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ އެ ސަރަހައްދު ތިމާވެއްޓާ ރައްޓެހި ޒަމާނީ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމެވެ.