ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

މީރު ކެއުމަށް މަގުބޫލު ކޮބަ ކަބާނާގެ އިތުރު އައުޓުލެޓެއް މާލޭގައި ހުޅުވައިފި

މީރު ކެއުމަށް މަގުބޫލު ކޮބަ ކަބާނާގެ އިތުރު އައުޓުލެޓެއް މާލޭގައި ހުޅުވައިފި

ރަހަމީރު ކާނާއާއި ފުރިހަމަ މެހެމާންދާރީއަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ "ކޮބަ ކަބާނާ" ރެސްޓޯރެންޓުގެ އައު އައުޓްލެޓެއް މާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.

"ކޮބާ ކަބާނާ ސެންޓްރަލް"ގެ ނަމުގައި މި އައުޓްލެޓް ހުޅުވާފައިވަނީ ރަށްދެބައިމަގު، ބޮޑުފެންވަޅުގޭ ކުރިމައްޗަށްވާ ގޮތަށެވެ.

މި އައުޓްލެޓް ހުޅުވައިދެއްވީ މި ވިޔަފާރީގެ ވެރިން ކަމަށްވާ ހުސައިން ސިރާޖާއި ނާއިފް އަބްދުއްރަހުމާނުގެ މަންމައެވެ.

މާލޭގައި އައުޓްލެޓެއް ހުޅުވަން ނިންމި މައިގަނޑު ސަބަބަކީ ހުޅުމާލޭގެ އައުޓްލެޓަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ބޮޑު ތަރުހީބާއި އިތުބާރު ކަމަށް އެ ރެސްޓޯރެންޓުގެ ވެރިޔާ ހުސައިން ސިރާޖު ވިދާޅުވިއެވެ. މާލޭގެ އައުޓްލެޓް މައިގަނޑު ގޮތެއްގައި ޚާއްސަކޮށްފައިވަނީ ބާގާ އަދި ޕިއްޒާ ފަދަ ފާސްޓްފުޑްގެ ބާވަތްތަކަށެވެ. މީގެ އިތުރުން ހުޅުމާލޭ އައުޓްލެޓުން އެންމެ މަގުބޫލު 10 ބާވަތެއްގެ ކެއުމާއި ބުއިން މިތަނުން ލިބެން ހުންނާނެއެވެ.

ހުޅުމާލޭ ފޭސް އެކެއްގެ ބީޗު ސަރަހައްދުގައި "ކޮބަ ކަބާނާ"ގެ ފުރަތަމަ ރެސްޓޯރެންޓް ހުޅުވާފައިވަނީ 2020 ވަނަ އަހަރުއެވެ.

ގުޅޭނެ ނަންބަރުތައް:

މާލެ އައުޓްލެޓް (ކޮބާ ކަބާނާ ސެންޓްރަލް): 9822020
ހުޅުމާލެ އައުޓްލެޓް (ކޮބާ ކަބާނާ): 9551515