ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އާބާތުރަ ފިލުވުމަށްފަހު އުތީމު ގަނޑުވަރު އަލުން ބަލައިލުމުގެ ފުރުޞަތު ހުޅުވާލައިފި

އުތީމު ގަނޑުވަރު ---
އުތީމު ގަނޑުވަރު ---

ރާއްޖޭގެ ތާރީޚީ އެންމެ މުހިންމު އެއް ބިނާ ކަމަށްވާ އުތީމު ގަނޑުވަރުގެ މަރާމާތުތައް އެއްކޮށް ނިންމައި، އެ ތަނުގެ ތާރީޚީ އަޖައިބުތައް ކައިރިން ބަލައިލުމުގެ ފުރުޞަތު އަނެއްކާވެސް ޢާންމުންނަށް ހުޅުވާލައިފިއެވެ.

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން ހާމަކުރި ގޮތުގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިޔުމަށް ގަނޑުވަރު ވަނީ ތައްޔާރުވެފައެވެ. އެގޮތުން ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ފެށިގެން މެންދުރުފަހު 14:00 އާ ހަމައަށް ގަނޑުވަރު ހުޅުވިފައި ހުންނާނެއެވެ.

މި ތާރީޚީ ތަނަށް ޒިޔާރަތްކުރުމަށް ބޭނުންވާ ޓިކެޓް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވަނީ ހެނދުނު 08:15 އިން ފެށިގެން މެންދުރުފަހު 13:30 ގެ ނިޔަލަށެވެ.

އުތީމު ގަނޑުވަރަކީ ދިވެހި ޤައުމިއްޔަތުގެ ބަޠަލު، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ޒިކުރާތަކާ ގުޅިފައިވާ އަގުހުރި ޤައުމީ ތަރިކައެކެވެ.

ދިވެހިންނާއި ބޭރުގެ ފަތުރުވެރިންގެ ބޮޑު މަޤްބޫލުކަމެއް ލިބިފައިވާ މި ގަނޑުވަރު ފާހަގަކުރެވެނީ، މަރިޔާދުގޭ ދެކުނު ފަރާތުގައިވާ ނުހުޅުވޭ ދޮރުކޮޅާއި، ފެންމީރު ލެއްގި ވަޅުކޮޅުގެ އިތުރުން، އެކޮޅުކޮޅުން މަންޒަރު ފެންނަ ޚާއްޞަ ފޮތިގަނޑު ފަދަ ޢަޖާއިބުކުރުވަނިވި ކަންކަން އެކުލެވިގެންވާ ތާރީޚީ ޚަޒާނާއެއްގެ ގޮތުގައެވެ.