ބޭރުގެ ކޮންޓްރެކްޓަރުންގެ ވިތުހޯލްޑިންގ ޓެކްސް ބޮޑުކުރަން މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި
ރާއްޖޭގައި އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ދައްކާ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް ދެގުނައަށް ބޮޑުކުރުމަށްޓަކައި އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ހުށަހެޅި އިސްލާހު، ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލިސް ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
މި އިސްލާހު ފާސްކުރުމަށް ކޮމިޓީ މަރުހަލާގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުން ވަނީ މި ބިލަށް ތާއީދުކުރައްވާފައެވެ. އަދި ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައެއް ނުވެއެވެ.
މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވި މި ބިލުގެ މައިގަނޑު އަމާޒަކީ، ކޮންސްޓްރަކްޝަން މަޝްރޫއުތައް ހޯދުމުގައި ދިވެހި ކުންފުނިތަކާއި ރާއްޖޭގައި ވަޒަންވެރިވެފައިނުވާ ބޭރުގެ ފަރާތްތަކުގެ މެދުގައި އޮތް ވާދަވެރިކަން ހަމަހަމަ އުސޫލަކަށް ފައްތައި، ވާދަވެރި މާހައުލެއް ބިނާކުރުމެވެ.
Ads by BMLމި އިސްލާހާއެކު، ރާއްޖޭގައި މަސައްކަތްކުރާ ބޭރުގެ ކޮންޓްރެކްޓަރުންނަށް ވިޔަފާރިތަކުން ދޭ ފައިސާގެ ތެރެއިން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި %10 ކަނޑަންޖެހޭނެއެވެ. މިހާރު އަމަލުކުރަމުންދާ ގޮތުން މިފަދަ ފަރާތްތަކުން ނަގަމުން އަންނަނީ %5 ގެ ޓެކުހެކެވެ.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ލަފާކުރާ ގޮތުގައި، މި ބަދަލު ތަންފީޒުކުރަން ފެށުމުން ދައުލަތަށް ލިބޭ އާމްދަނީއަށް އަހަރަކު އެވްރެޖުކޮށް ގާތްގަނޑަކަށް 251 މިލިއަން ރުފިޔާ އިތުރުވެގެންދާނެއެވެ.
Ads by MACL
