އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްދާ މާކުރަތު ބަނދަރު ބޮޑު ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ ނިމިއްޖެ!
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރ. މާކުރަތު ބަނދަރު ފަރުމާކޮށް ބޮޑުކުރުމުގެ މަޝްރޫޢުގެ ބޮޑު ބައެއް ނިމިއްޖެކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. އެގޮތުން މިހާތަނަށް އައިއިރު މުޅި މަޝްރޫޢުގެ 60 އިންސައްތަ މަސައްކަތް ވަނީ އެއްކޮށް ނިމިފައެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދާ އެންމެ މުހިންމު އެއް މަސައްކަތަކީ ބަނދަރުގެ ބޭރުތޮށީގެ "ބްރޭކްވޯޓަރ އޭ" ޕްރޮފައިލް ކުރުމުގެ މަސައްކަތެވެ. މިއީ ބަނދަރަށް ވަދެނުކުމެ އުޅޭ އުޅަނދުފަހަރަށް ފަސޭހަވާނެހެން ރާޅުތަކުގެ އަސަރު ކުޑަކޮށް، ބަނދަރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތެވެ.
ދިވެހި ރައްޔިތުންގެ ކުންފުނީގެ ގޮތުގައި މަޝްހޫރުވެފައިވާ އެމްޓީސީސީން އަންނަނީ ޤައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. މިގޮތުން ޓީމް އެމްޓީސީސީގެ ބުރަ މަސައްކަތާއެކު މާކުރަތު ބަނދަރުގެ މަސައްކަތް އެއްކޮށް ނިމުމުން، އެރަށުގެ ރައްޔިތުންނަށާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލަފާފުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބި، ރަށުގެ އިޤްތިޞާދަށް އޭގެ ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ.
Ads by BMLއެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މިފަދަ ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެ ކުންފުނީގެ ޕްރޮޖެކްޓް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް އަބަދުވެސް ފެންނަން ހުންނާނެކަމަށް އެފަރާތުން ވަނީ މަޢުލޫމާތު ދީފައެވެ.
Ads by MACL
