އަތޮޅުތަކުން: ބ. ކުދަރިކިލު ސްކޫލުގެ 4 ކްލާސްރޫމް އިމާރާތުގެ ކޮންކްރީޓާއި ފުރާޅުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި
ބ. ކުދަރިކިލު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 4 ކްލާސްރޫމް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ވަރަށް ބޮޑު ބައެއް މިހާރު ވަނީ ނިމިފައެވެ.
ގައުމު ބިނާކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ރައްޔިތުންގެ ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން މި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތު ވަނީ އާންމުކޮށްފައެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ ކޮންކްރީޓް އޮނިގަނޑުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އޭގެ އިތުރުން ގްރައުންޑް ފްލޯ ނުވަތަ ތިރީ ފަންގިފިލާގައި ރާނަންޖެހޭ ހުރިހާ ފާރެއް ރާނައި ނިމިފައިވާއިރު، އިމާރާތުގެ ފުރާޅުގެ ޓްރަސްގެ މަސައްކަތްވެސް މިހާރު ވަނީ އެއްކޮށް ފުރިހަމަކުރެވިފައެވެ.
Ads by BMLމި މަޝްރޫޢު އެއްކޮށް ނިމުމުން ކުދަރިކިލު ސްކޫލުގެ ދަރިވަރުންނަށާއި ޓީޗަރުންނަށް ކިޔަވައިދިނުމުގެ މާހައުލަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެއެވެ. އެމްޓީސީސީގެ ހީވާގި ޓީމުން މެދުކެނޑުމެއްނެތި ކުރަމުންދާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ރަށްރަށުގެ ތައުލީމީ ނިޒާމަށާއި އުމްރާނީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް އަންނަނީ ލިބެމުންނެވެ.
އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ މިފަދަ ތަރައްޤީގެ އެހެނިހެން މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތަކާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ފެންނަން ހުންނާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
Ads by MACL
