ވެސްޓް ޕާކް މަސްވެރިކަމުގެ ޕްލެޓްފޯމް ތަރައްޤީކުރުމަށް ޚިޔާލު ހޯދުމުގެ ސަވޭއެއް އެމްޓީސީސީން ފަށައިފި
މާލޭގެ ވެސްޓް ޕާކް ސަރަޙައްދުގައި މަސްބޭނުމަށް ޚާއްޞަ ޕްލެޓްފޯމެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޢާމްމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށްޓަކައި ޚާއްޞަ ސަވޭއެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
މި ސަވޭއަކީ ވެސްޓް ޕާކް ސަރަޙައްދުގައި މަސްވެރިކަން ކުރުމަށް ޚާއްޞަ ޕްލެޓްފޯމެއް ޤާއިމުކުރުމުގެ ކުރިން، އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކާއި އާންމުންގެ ބޭނުންތަކާއި ޚިޔާލުތައް ދެނެގަތުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ދިރާސާއެކެވެ. ސަވޭ ކުރިއަށްދާނީ އޯގަސްޓް 18 އިން 31 އަށް ކަމަށް އެމްޓީސީސީން މަޢުލޫމާތު ދެއެވެ.
އެމްޓީސީސީން ޢާންމުކޮށްފައިވާ ސުވާލުކަރުދާސް މެދުވެރިކޮށް، އެ ސަރަޙައްދުގައި ތަރައްޤީކުރާ ޕްލެޓްފޯމުން ލިބެންޖެހޭ ޚިދުމަތްތަކާއި، ފަރުމާއަށް އަންނަންޖެހޭ ބަދަލުތަކާ ގުޅޭގޮތުން ޢާމްމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
Ads by BMLއެ ކުންފުނިން ބުނީ މި މަޝްރޫޢަކީ އާންމުންނަށް ފައިދާހުރި އަދި ބޭނުންތެރި ގޮތެއްގައި ތަރައްޤީކުރެވޭ ތަނަކަށް ހެދުމަށްޓަކައި ވީހާވެސް ގިނަ ފަރާތްތަކުން ސަވޭގައި ބައިވެރިވެ ޚިޔާލު ހިއްސާކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.
Ads by MACL
