ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ކުރިނބީ ސިއްޙީ މަރުކަޒުގެ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ނިމިއްޖެ

އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ކުރިނބީ ސިއްޙީ މަރުކަޒުގެ ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތް ނިމިއްޖެ

ހދ. ކުރިނބީ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން ބިންގަނޑު ކޮނުމާއި، ލީން ކޮންކްރީޓް އެޅުމުގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި މަޝްރޫޢަކީ ކުރިނބީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމުގެ މަޤްޞަދުގައި ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މަޝްރޫޢުގެ އިމާރާތް އެޅުމަށް ބޭނުންވާ ފައުންޑޭޝަންގެ ބިންގަނޑު ކޮނުމުގެ މަސައްކަތާއި، ބިންގަނޑު ވަރުގަދަކުރުމަށް އަޅާ ލީން ކޮންކްރީޓް އެޅުމުގެ އެންމެހައި މަސައްކަތްތައް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ.

މި މަސައްކަތްތައް ނިމުމާއެކު، ދެން ކުރިއަށްދާނީ އިމާރާތުގެ ފައުންޑޭޝަން އަދި ކޮލަމްތަކުގެ ކޮންކްރީޓް މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޞިއްޙީ ޚިދުމަތްދޭ ތަންތަން ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ކުރިނބީ ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމުން، އެ ރަށުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.