ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އެމްޕީއެލްގެ ބޯޑަށް ވަހީދު އައްޔަންކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ބޯޑަށް ބޭފުޅަކު އައްޔަން ކުރައްވައިފިއެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވިދާޅުވި ގޮތުގައި ބޯޑަށް އައްޔަންކުރީ ހއ. ފިއްލަދޫ، މަބުސްތާނުގޭ، މުހައްމަދު ވަހީދެވެ.

އޭނަ އަކީ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑްގެ މެންބަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ވަހީދު ކުރިން ވެމްކޯ އާއި ހައުސިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރެއްވިއެވެ.

ވަޙީދު އެޗްޑީސީގެ ބޯޑު މެންބަރު ކަމުން ވަކި ކުރީ މިމަހުގެ ހަ ވަނަ ދުވަހުއެވެ. އޭނާ އެޗްޑީސީގެ ބޯޑަށް ހަމަޖައްސާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

މިހާރު އެމްޕީއެލް މިކުންފުނީގެ ބޯޑުގައި ތިއްބަވާނީ ޗެއާޕާސަން އާމިނަތު ހަމީދާއި، ބޯޑު މެންބަރުންގެ ގޮތުގައި އަހްމަދު އިލްޔާސް އާއި އަހްމަދު ނިޔާޒާއި، އަހްމަދު ފަހީމުގެ އިތުރުން، ސީއީއޯ މުހައްމަދު ރިޝްވާނެވެ.