ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއާ ގުޅޭގޮތުން އެމްޕީއެލްއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
ފަސް މިލިއަން ގަސް ޕްރޮޖެކްޓްއާ ގުޅޭގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއެކު (އެމްޕީއެލް) މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ފަސް މިލިއަން ގަސް ޕްރޮޖެކްޓްގެ އިސްވެރިންނާއި އެމްޕީއެލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ސަރަހައްދުތަކުގައި ގަސް އިންދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.
ފަސްމިލިއަން ގަސް ޕްރޮޖެކްޓްގެ ފަރާތުން މަޢުލޫމާތު ދެއްވި ގޮތުގައި، 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާދެއްވި މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ ރާއްޖެ ފެހިކޮށް، ކާބަންޑައިއޮކްސައިޑް މަދުކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށް މަގުފަހިކުރުމެވެ. މި ޕްރޮޖެކްޓަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގްރީން ހައުސް ގޭސް އުފެދުން މަދުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
އެގޮތުން މި މަޝްރޫޢުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޖުމްލަ ފަސް މިލިއަން ގަސް އިންދުމަށް ވަނީ ރޭވިފައެވެ.
Ads by BMLއެމްޕީއެލްގެ ފަރާތުން ވިދާޅުވި ގޮތުގައި، ކުރިއަށް އޮތް ތަނުގައި އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ އެއްބަސްވެފައެވެ. މި ހަރަކާތްތަކުގެ ތާވަލާއި އިތުރު ތަފްސީލް އަންނަ ހަފްތާގެ ތެރޭގައި އާންމުކުރާނެ ކަމަށް ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން މަޢުލޫމާތު ދެއްވާފައިވެއެވެ. މި މަޝްރޫޢުގައި ބައިވެރިވުމަކީ ކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ތެރެއިން ކުރާ މުހިންމު ކަމެކެވެ.
ފަސް މިލިއަން ގަސް ޕްރޮޖެކްޓްކްޓްގެ ދަށުން މިހާތަނަށް ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގަސް އިންދުމުގެ ހަރަކާތްތައް ކުރިއަށް ގެންދެވިފައިވާއިރު، މި މަޝްރޫޢަށް ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ލިބެމުންދާކަން ފާހަގަކުރެވެއެވެ.
Ads by MACL
