ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ނުނިންމާ: ފޮރިން މިނިސްޓްރީ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް އަޅަން ނުނިންމާ: ފޮރިން މިނިސްޓްރީ

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް އަދި ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވަން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް ދިވެހި ސަރުކާރުން ރަސްމީކޮށް ދޮގުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާލެ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ސަރަޙައްދެއްގައި ބޭރު ޤައުމެއްގެ ޑިޕްލޮމެޓިކް މިޝަނެއް ނުވަތަ ކޮންސިއުލޭޓެއް ޤާއިމުކުރުމާ ގުޅޭ އެއްވެސް ނިންމުމެއް ސަރުކާރުން އަދި ނިންމާފައި ނުވާ ކަމަށެވެ.

އެ މިނިސްޓްރީން ފާހަގަކުރި ގޮތުގައި، ވެރިރަށް ނޫން އެހެން ތަނެއްގައި އެފަދަ ތަނެއް ޤާއިމުކުރެވޭނީ ކަމާގުޅުންހުރި އެންމެހައި ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ކަމަށް ސަރުކާރުން ދެކެއެވެ.

އަދި މުޖުތަމަޢުގެ މަޞްލަޙަތު ހިފެހެއްޓުމަށާއި އޮޅުންތައް ފިލުވައިދިނުމުގެ ގޮތުން، ޚަބަރު ފަތުރާ ވަސީލަތްތަކުންނާއި މީސްމީޑިއާގައި ޞައްޙަ، ޒިންމާދާރު މަޢުލޫމާތު ޙިއްޞާކުރުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.