ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ރ. މަޑުއްވަރީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި

އަތޮޅުތަކުން: ރ. މަޑުއްވަރީގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް 800 ކިލޯވޮޓުގެ އައު ޖެންސެޓެއް ގެންގޮސްފި

ރ. މަޑުއްވަރީގައި ފޯރުކޮށްދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު މަތިކޮށް، ޚިދުމަތް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން 800 ކިލޯވޮޓުގެ އައު ޖެންސެޓެއް އެ ރަށަށް ގެންގޮސްފިއެވެ.

މި ހިނގާ މަހުގެ 17 ވަނަ ދުވަހު އެ ރަށަށް ގެންދެވުނު މި ޖެންސެޓް އިންސްޓޯލްކޮށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި މި ޖެންސެޓުން ރަށަށް ކަރަންޓު ދިނުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

މި އައު ޖެންސެޓާއެކު، މަޑުއްވަރީ އިންޖީނުގޭގައި ބޭނުންކުރާ ޖެންސެޓްތަކުގެ އަދަދު 4ކަށް އިތުރުވެގެންދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 800 ކިލޯވޮޓުގެ 3 ޖެންސެޓާއި 500 ކިލޯވޮޓުގެ 1 ޖެންސެޓެވެ.

މި ޖެންސެޓް ގެންދިއުމުގެ ކުރިން އެ ރަށުގެ އިންޖީނުގޭގެ ޖުމްލަ ކެޕޭސިޓީއަކީ 2,100 ކިލޯވޮޓެވެ. ނަމަވެސް، އަލަށް ގެންދިޔަ 800 ކިލޯވޮޓުގެ ޖެންސެޓް ބޭނުންކުރަން ފެށުމާއެކު، ރަށުގެ ކަރަންޓު އުފެއްދުމުގެ ޤާބިލުކަން 2,900 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.

މި ކުރިއެރުމުގެ ސަބަބުން، ޕީކް ގަޑިތަކުގައްޔާއި ކުރިމަގުގައި ރަށުގެ ތަރައްޤީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެގެން ދިޔަނަމަވެސް، ރައްޔިތުންނަށް މެދުކެނޑުމެއްނެތި، އިތުބާރާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.