މެއިންޓަނެންސް މަސައްކަތަށް ހިޔާގެ ބައެއް ޓަވަރުންނާއި އެމްޕީއެލް ޓަވަރުތަކުން މާދަމާ ކަރަންޓް ކަނޑަނީ
މެއިންޓަނެންސް މަސައްކަތަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާގެ ހަތަރު ޓަވަރަކުންނާއި އެމްޕީއެލް ޓަވަރުތަކުން މާދަމާ ކަރަންޓް ކެނޑުމަށް ނިންމައިފިއެވެ.
ސްޓެލްކޯއިން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކުރަން ޖެހޭ އެމަރޖެންސީ މެއިންޓަނަންސް މަސައްކަތްތަކެއް ކުރުމަށް މާދަމާ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވަނީ ހިޔާ ޓަވަރު H13, H14, H15, H16 އިން ހެނދުނު 10:00 އިން 11:00 އަށް ކަމަށާއި އެމްޕީއެލް ޓަވަރުތަކުން މެންދުރު 13:30 އިން 15:00 އަށް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
Ads by BMLމީގެ އިތުރުން H4 އިން ވެސް ހެނދުނު 9:00 އިން ހަވިރު 17:00 އާއި ދެމެދު, އެ ޓަވަރުގެ ކޮންމެ އެޕާޓްމެންޓަކުން ވެސް ގާތްގަނޑަކަށް 30 މިނެޓަށް ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
މިގަޑިތައް މިގޮތަށް ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތް ނިމުނުހާ އަވަހަކަށް އަލުން ކަރަންޓު ދެވިގެންދާނެ ކަމަށާއި މި މަސައްކަތަކީ ޚިދުމަތް މެދުނުކެނޑި، އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަިނުމަށްޓަކައި ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.
މިފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް، ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ.
Ads by MACL
