ކަރަންޓަށް ދާއިމީ ހައްލު: ށ މިލަންދޫއަށް 1200ގެ ޖަނަރޭޓަރެއް!
ށ. މިލަންދޫގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން 1200 ކިލޯވޮޓްގެ އައު ޖަނަރޭޓަރެއް އެ ރަށަށް ގެންގޮސްފިއެވެ.
ފެނަކަ ކޯޕަރޭޝަނުން މި ޖެންސެޓް މިލަންދޫއަށް ގެންގޮސްފައިވަނީ އެ ރަށުގެ އާބާދީ އިތުރުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ރައްޔިތުންނަށް ދަތިނުވެ ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤްޞަދުގައެވެ.
މި އައު ޖެންސެޓް ގެނައުމުގެ ކުރިން މިލަންދޫ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީ ހުރީ 2100 ކިލޯވޮޓްގައެވެ.
Ads by BMLއައު ޖެންސެޓް އިންސްޓޯލްކޮށް ބޭނުންކުރަން ފެށުމާއެކު، މިލަންދޫގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.
މި ބަދަލާއެކު ރަށުގެ ޕީކް ގަޑިތަކުގައި ކަރަންޓަށް އަންނަ ލޯޑު އެއްވަރެއްގައި ހިފެހެއްޓުމަށާއި، ކަރަންޓު ކެނޑުމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.
Ads by MACL
