ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އެމްޓީސީސީއާ ހަވަލުކޮށްފައިވާ އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދަނީ

އަތޮޅުތަކުން: އެމްޓީސީސީއާ ހަވަލުކޮށްފައިވާ އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ބާރަށް ކުރިއަށްދަނީ

އއ. ހިމަންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާ ކަމަށާއި، އެގޮތުން މިހާރު ކުރިއަށްދަނީ ގްރޮއިން ޕްރޮފައިލްކުރުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރަށްގިރުމުގެ ސަބަބުން ހިމަންދޫގެ ގޮނޑުދޮށަށް ލިބެމުންދާ ގެއްލުންތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަޝްރޫޢުގެ ދަށުން ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމާއި، ގޮނޑުދޮށަށް ވެލި އެޅުމުގެ އިތުރުން ރާޅުތަކުގެ ބާރު ކަނޑުވާލައި ވެލި ދެމެހެއްޓުމަށްޓަކައި ބޭނުންވާ ގްރޮއިން އެޅުމުގެ މަސައްކަތްތައް ހިމެނެއެވެ.

އެމްޓީސީސީން ބުނެފައިވަނީ މަޝްރޫޢުގެ މަސައްކަތްތައް ތާވަލާ އެއްގޮތަށް ކުރިއަށްގެންދިއުމަށް ޚާއްޞަ އިސްކަމެއް ދެމުން އަންނަ ކަމަށާއި، މި މަސައްކަތް ނިމުމުން ހިމަންދޫގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.