ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ބ. މާޅޮހު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ބ. މާޅޮހު މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ބ. މާޅޮހުގައި އަލަށް އިމާރާތްކުރަމުންދާ މިސްކިތުގެ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ބާރަށް ކުރިއަށްދާ ކަމަށް އެ މަޝްރޫޢުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ އެންމެ ފަހުގެ މަޢުލޫމާތުތަކަށް ބަލާއިރު، މިހާރު ކުރިއަށްދަނީ އިމާރާތުގެ ތަނބުތަކުގެ މަސައްކަތްތަކާއި، ފުރާޅުގެ ބީމްތަކުގެ ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތަކެވެ.

މި މަޝްރޫޢުގެ ދަށުން މާޅޮހުގައި ޒަމާނީ ފެންވަރަށް މިސްކިތެއް ބިނާކޮށް، އެ ރަށުގެ ރައްޔިތުންނަށް ނަމާދުކުރުމަށް ތަނަވަސް އަދި ފަސޭހަ މާޙައުލެއް ޤާއިމުކޮށްދެވޭނެއެވެ.

އިސްލާމިކް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ ރަށްރަށުގެ ދީނީ އަދި އިޖުތިމާޢީ ޢުމްރާނީ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫޢެކެވެ.

އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މިސްކިތުގެ އަމަލީ މަސައްކަތްތައް ނިންމައި، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް މިސްކިތުގެ ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.