އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބ. މާޅޮހު ބަނދަރު މަރާމާތުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ހަލުވި ދުވެއްޔެއްގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެމްޓީސީސީން އެންމެ ފަހުން ހާމަކުރި މަޢުލޫމާތުތަކަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ޕްރޮފައިލިންގ މަސައްކަތްތަކާއި، އެއްގަމުތޮށީގެ ކެޕިންގ ބީމް (Capping Beam) އެޅުމުގެ މުހިންމު މަސައްކަތްތަކެވެ.
މި މަޝްރޫޢަކީ މާޅޮހުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ގިރަމުންދާ ސަރަޙައްދުތައް ހިމާޔަތްކޮށް، ރަށުގެ ލަފާފުރުމުގެ ނިޒާމަށް ދާއިމީ ޙައްލެއް ހޯދައިދިނުމުގެ މަޤްޞަދުގައި ސަރުކާރުން "ޑިޒައިން އެންޑް ބިލްޑް" އުޞޫލުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ތަރައްޤީގެ މުހިންމު މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ އިތުރު މަޢުލޫމާތާއި މަސައްކަތް ކުރިއަށްދާ މިންވަރުގެ ތަފްޞީލްތައް އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by MACL
