މާލޭގެ ގެސްޓްހައުސެއްގެ ކޮޓަރިއަކުން ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެ
މާފަންނުގައި ހިންގާ ގެސްޓްހައުސެއްގެ ތެރޭގައި ހަބަރު ހުސްވެފައި އޮތް ދިވެހި ފިރިހެނަކު މިއަދު ހަވީރު ފެނިއްޖެ އެވެ.
މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު ގާތްގަނޑަކަށް 6:00 ހާއިރު ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެ އެވެ.
އެ ތަނުން މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ. މޮޅަދޫ، އޯސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނައީމް އެވެ.
Ads by BMLފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް އޭނާ މަރުވާން މެދުވެރިވި ސަބަބެއް ނުވަތަ މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ކުއްޔަށްދޭ ކޮޓަރިތަކުން ހަބަރެއް ނުވެގެން ބަލާއިރު މީހުން މަރުވެފައި އޮއްވާ ފެނުމުގެ ހާދިސާތައް މީގެ ކުރިންވެސް ހިނގާފައިވެ އެވެ. މިފަދަ ގިނަ ހާދިސާތައް ދިމާވަނީ ކުއްލިއަކަށް ދިމާވާ ސިއްހީ މައްސަލަތަކުގެ ސަބަބުން ނުވަތަ ގުދުރަތީ މަރުތަކުގަ އެވެ.
Ads by MACL
