ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ނުރައްކާތެރި އެކްސިޑެންޓެއް، އަގުބޮޑު ލަމްބަގިނީ ކާރު ފުނޑުފުނޑު!

ނުރައްކާތެރި އެކްސިޑެންޓެއް، އަގުބޮޑު ލަމްބަގިނީ ކާރު ފުނޑުފުނޑު!

ބާރު ސްޕީޑުގައި ދުއްވާފައިދިޔަ ކާރެއް ބްރިޖު ސޯލާ ޕެނަލް ތަކުގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ހެނދުނު 7:35 ހާއިރުއެވެ.

މަންޒަރުދުއް މީހަކު ޖީލަށް މައުލޫމާތު ދެއްވި ގޮތުގައި މި އެކްސިޑެންޓުގައި ދުއްވި ކާރު ދުއްވާފައިވަނީ ވަރަށް ބާރު ސްޕީޑެއްގައެވެ.

ކާރު ސޯލާ ޕެނަލް ތަކުގައި ޖެހުމުގެ ސަބަބުން ޕެނަލްއިން ވެސް ބައެއް ހަލާކުވެ ވެއްޓިފައިވާއިރު ކާރު އޮތީ ނުފުށަށް ޖެހިފައެވެ.

ޖީލަށް ކަށަވަރު ވެފައިވާ ގޮތުން މި ކާރުގައި ކުޑަކުއްޖަކު އިނެވެ. އަދި އަނިޔާވި ކުޑަކުއްޖާާއި ޑްރައިވަރު ވަނީ އެހެން ކާރެއްގައި ހޮސްޕިޓަލަށް ގެންގޮސްފައެވެ.