ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ސިޔާސީ ޕާޓީއަށް މީހުން ވެއްދުން ހުއްޓާލީ ވަގުތީގޮތުން، އެހެންނަމަވެސް މީހުން ވަކި ކުރެވޭނެ: އީސީ

އިލެކްޝަން ކޮމިޝަންގެ އިދާރާ
އިލެކްޝަން ކޮމިޝަންގެ އިދާރާ

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިކަން ހާމަކޮށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފައިވަނީ މިހާރު ބޭނުންކުރަމުން އަންނަ “ސިމެދަ” ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުން 30 ޖަނަވަރީގެ ނިޔަލަށް ހުއްޓައިލަން އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.


އީސީއިން ބުނީ މި ހިދުމަތް މެދުކަނޑާލިޔަސް، 'މައި ޕޯޓަލް' މެދުވެރިކޮށް، ޕާޓީއިން ވަކިވުމުގެ ހިދުމަތް ކުރިއަށް ދާނެ ކަމަށެވެ.



އީސީން ބުނެފައި ވަނީ ޝަކުވާތަކާ ގުޅިގެން ޕާޓީއަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމްތައް އިތުރަށް ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.


އިލެކްޝަންސް އިން އެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާއިރު ޕާޓީތަކަށް ވަގަށް މެންބަރުން ވެއްދުމުގެ މައްސަލަ މި ފަހަކަށް އައިސް ވަނީ ވަރަށް ހޫނުވެސްގެން ގޮސްފައެވެ.