ރައީސްގެ ބޮޑުއީދު ހަދިޔާ: ބޮޑުވި ކަރަންޓް ބިލް ދެން ކުޑަވާނެ
ރައްޔިތުންގެ ބޮޑު ޝަކުވާއަކަށްވި ކަރަންޓް ބިލަށް ސަރުކާރުން ގެނައި ބަދަލާއިއެކު ބޮޑު ބައެެއް ކުޑަވާނެކަމަށް މާހިރުން ބުނަންފަށައިފިއެވެ.
ކަރަންޓް ބިލް ދުވަހަކަށްވުރެ ދުވަހެއް ބޮޑުވަމުން ދިއުމަކީ އަބަދުވެސް ރައްޔިތުން ޝަކުވާ ކުރަމުންދާ މައްސަލައެކެވެ. އަދި ބިލް ބޮޑުވާން ދިމާވަނީ މިހާރު ނަގަމުންދާ ރޭޓު ބޮޑުވުމުން ކަމުގައި ގިނަބަޔަކު ބުނެއެވެ. އެހެންނަމަވެސް މިއާއިއެކު މިކަމަށް ދާއިމީ ހައްލެއް އަންނާނެ ކަމަށް ބެލެވެއެވެ.
ސަރުކާރުން ވަނީ 1 ޖޫންއިން ފެށިގެން ޓެރިފް ރޭޓަށް ބޮޑު ބަދަލެއް ގެނެސްފައެވެ.
Ads by BMLމިގޮތުން ސަރުކާރުން ވަނީ
ބޭންޑް 0-100: މިހާރު ނަގާ ރޭޓް: 1.50- އާ ރޭޓް: 1.25
ބޭންޑް 101-200: މިހާރު ނަގާ ރޭޓް: 1.70- އާ ރޭޓް 1.50
ބޭންޑް 201-300: މިހާރު ނަގާ ރޭޓް 2.15- އާ ރޭޓް 1.50
ބޭންޑް 301-400: މިހާރު ނަގާ ރޭޓު 2.50- އާ ރޭޓް 1.50
ބޭންޑް 401-500 މިހާރު ނަގާ ރޭޓު 2.95- އާ ރޭޓް 2.66
ބޭންޑް 501-600 މިހާރު ނަގާ ރޭޓް 3.55- އާ ރޭޓް 3.20
ބޭންޑް +600 މިހާރު ނަގާ ރޭޓް 4.25- އާ ރޭޓް: 3:25 އެވެ.
ކަރަންޓު ބިލަށް ހެޔޮ އަސަރު ކުރާނެ ކަމެެއް ކަމަށް މި ކަންކަން ދިރާސާ ކުރާ ފަރާތްތަކުން ދެކެ އެވެ.
މިއާއިއެކު 1000 ރުފިޔާގެ ބިލަކަށް 300 ރުފިޔާ ކުޑަވާނެއެވެ.
Ads by MACL
