އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އުލިގަމު އިމިގްރޭޝަން އޮފީސް ޢިމާރާތް މަސައްކަތް ބާރަށް ކުރިއަށް
ހއ. އުލިގަމުގައި ތަރައްޤީކުރާ މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސް ޢިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ރާއްޖޭގެ އެންމެ އުތުރުން ބައިނަލްއަޤްވާމީ ކަނޑުދަތުރުފަތުރާއި ޔޮޓް ފަހަރަށް ޚިދުމަތް ދިނުމުގައި މުހިންމު ދައުރެއް އަދާކުރާ އުލިގަމުގައި ކުރިއަށްދާ މި މަޝްރޫޢުގެ ދަށުން، މިހާރު ސައިޓުގައި ކުރިއަށްދަނީ ޢިމާރާތުގެ ތަނބުތަކުގެ ކޮންކްރީޓް އެޅުމުގެ ކުރިން ވާންޖެހޭ އެންމެހައި ތައްޔާރީތަކުގެ މަސައްކަތެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ އުތުރުން ވަދެނިކުމެވާ ބޭރުގެ އުޅަނދުފަހަރަށް އިމިގްރޭޝަންގެ ކްލިއަރެންސާއި އެހެނިހެން ބޯޑަރ ކޮންޓްރޯލް ޚިދުމަތްތައް ޒަމާނީ ފެންވަރެއްގައި އަވަހަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.
Ads by BMLޤައުމު ބިނާކުރުމުގެ މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ ރައްޔިތުންގެ ކުންފުނި، އެމްޓީސީސީން އަންނަނީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މި މަސައްކަތް ނިންމުމަށްޓަކައި ސައިޓުގައި ފޯރިއާއެކު ހަރަކާތްތެރިވަމުންނެވެ.
މި މަޝްރޫޢުގެ އިތުރު މަޢުލޫމާތާއި މަސައްކަތް ކުރިއަށްދާ މިންވަރުގެ ތަފްޞީލު އެމްޓީސީސީގެ މަޝްރޫޢުތަކަށް ޚާއްޞަ ވެބްސައިޓް މެދުވެރިކޮށް ބަލައިލެވޭނެއެވެ.
Ads by MACL
