ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ވިސިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާދެއްވައިފި

ވިސިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިއުރީ ---
ވިސިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ޝިއުރީ ---

ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގެ މައި ކުންފުނި، ވިސިޓް މޯލްޑިވްސް (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުން އިބްރާހީމް ޝިއުރީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފި އެވެ.

އެ މަގާމުން ޝިއުރީ ވަކިވެވަޑައިގެންނެވި ވަކި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޝިއުރީ މި މަގާމަށް އައްޔަނުކުރެއްވީ 13 ޖޫން 2024 ގައެވެ. އެއީ އޭރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު (ކުޑީ) އެ މަގާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.

ވިސިޓް މޯލްޑިވްސްގެ އިސްވެރިޔާގެ މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ޝިއުރީ ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުކަމާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ބޯޑު މެންބަރުކަން ވެސް ފުރުއްވާފައެވެ.

މާކެޓިން ދާއިރާއިން ފުރަތަމަ ޑިގްރީ އަދި ޕަބްލިކް ރިލޭޝަންސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ޝިއުރީގެ ދައުރުގައި، ދުނިޔޭގެ މާކެޓުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ޕްރޮމޯޓުކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.