ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ފައިނު ޕޮލިސް ޕޯސްޓް އިމާރާތުގެ ފުރާޅު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

އަތޮޅުތަކުން: އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ ފައިނު ޕޮލިސް ޕޯސްޓް އިމާރާތުގެ ފުރާޅު އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށް

ރ. ފައިނުގައި ގާއިމުކުރާ ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، މިހާރު ކުރިއަށްދަނީ އެ އިމާރާތުގެ ފުރާޅު އެޅުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމާން ވެއްޓެއް ގާއިމުކޮށް ފުލުހުންގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، ފައިނުގައި އިމާރާތްކުރާ މި ޕޮލިސް ޕޯސްޓަކީ އެ ރަށުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެމްޓީސީސީން ބުނީ މަޝްރޫޢުގެ ސައިޓުގައި މިވަގުތު މައިގަނޑު ގޮތެއްގައި ކުރިއަށްދަނީ ރޫފިންގ ނުވަތަ ފުރާޅު އެޅުމުގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތް ނިމުމުން އިމާރާތުގެ އެތެރެއާއި ބޭރުގެ ފިނިޝިން މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއެވެ.

ޤައުމު ބިނާކުރުމުގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ ރައްޔިތުންގެ ކުންފުނި، އެމްޓީސީސީން ކުރިއަށްގެންދާ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ އަދާހަމަ މަޢުލޫމާތުތައް އެ ކުންފުނީގެ ޚާއްޞަ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.