އެމްޓީސީސީއާއި ހަވަލުކޮށްގެން ކުރިޔަށްގެންދާ އއ. މަތިވެރި ސުކޫލުގެ އާ އިމާރާތުގެ މަސައްކަތް ބާރަށް ކުރިއަށްދަނީ
އއ. މަތިވެރި ސުކޫލުގައި 12 ކްލާސްރޫމާއި މަލްޓިޕާޕަސް ހޯލެއް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށްދަނީ ދެވަނަ ފަންގިފިލާގެ ސިމެންތި ޖެހުމާއި، ފެނާއި ނަރުދަމާގެ ހޮޅިލެއްވުމާއި، ކަރަންޓު ކަންތައްތަކަށް ފާރު ކޮނެ ހޮޅިލެއްވުމުގެ އިތުރުން ސީލިންގ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
ތައުލީމީ މާހައުލުތައް ތަރައްގީކޮށް ފުޅާކުރުމަށް ސަރުކާރުން ހިންގާ މުހިންމު މަޝްރޫޢުތަކުގެ ތެރެއިން، މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ރާއްޖޭގެ އެކި ރަށްރަށުގެ ސުކޫލުތަކުގައި ހުއްޓިފައިވާ ނުވަތަ އިތުރަށް ތަރައްގީކުރަންޖެހޭ އިމާރާތްތައް ނިންމުމަށް އެ ކުންފުންޏާއެކު ވެވުނު ޚާއްސަ އެއްބަސްވުމެއްގެ ދަށުންނެވެ.
ޒަމާނީ ފެންވަރަށް ތަރައްގީކުރެވޭ މި އާ އިމާރާތުގެ ސަބަބުން އެ ސުކޫލުގެ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ލިބި، ދަރިވަރުންނަށް ކިޔަވައިދިނުމުގެ މާހައުލު އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.
Ads by BMLމި މަޝްރޫޢުގެ އެންމެ ފަހުގެ މައުލޫމާތާއި މަސައްކަތްތައް ކުރިއަށްދާގޮތުގެ ތަފުސީލު އެމްޓީސީސީގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
Ads by MACL
