ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: މިލަންދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން 1200 ކިލޯވޮޓުގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރަން ފަށައިފި

އަތޮޅުތަކުން: މިލަންދޫގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން 1200 ކިލޯވޮޓުގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރަން ފަށައިފި

ށ. މިލަންދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށް، އެ ރަށުގައި ކަރަންޓު އުފައްދާ މިންވަރު އިތުރުކުރުމުގެ ގޮތުން އެ ރަށަށް ގެންދިޔަ 1200 ކިލޯވޮޓުގެ އައު ޖަނަރޭޓަރު އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަޝްރޫޢުގެ ދަށުން މިލަންދޫއަށް ގެންދެވުނު އައު ޖެންސެޓް އިންސްޓޯލް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ފެނަކަ ކޯޕަރޭޝަނުން ކުރިއަށްގެންދާއިރު، މިއީ މިހާތަނަށް އެ ރަށަށް ގެންދިޔަ އެންމެ ބޮޑު ޖެންސެޓެވެ.

މި އައު ޖެންސެޓް ގެނައުމުގެ ކުރިން މިލަންދޫ އިންޖީނުގޭގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ކެޕޭސިޓީއަކީ 2100 ކިލޯވޮޓެވެ. ނަމަވެސް އަލަށް އިންސްޓޯލް ކުރެވޭ 1200 ކިލޯވޮޓުގެ ޖެންސެޓާއެކު، އެ ރަށުގައި ކަރަންޓު އުފެއްދުމުގެ ޖުމްލަ ޤާބިލުކަން 2700 ކިލޯވޮޓަށް މަތިވެގެންދާނެއެވެ.

މި ބަދަލާއެކު އާބާދީ ބޮޑު މިލަންދޫގެ ޢާންމު ރައްޔިތުންނާއި ވިޔަފާރިތަކަށް ބޭނުންވާ ކަރަންޓު މެދުކެނޑުމެއްނެތި، އިތުބާރު ހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ.