ކުޑަހުވަދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްގީކުރަން ބިޑަށް ލައިފި
ދ. ކުޑަހުވަދޫގެ ބޮޑު ފަޅުތެރޭގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ސަރުކާރުން ރަސްމީކޮށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ކުރި އިއުލާނެއްގައިވާ ގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޝަރުތު ހަމަވާ އިންވެސްޓަރުންނަށް މި ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ކުޑަހުވަދޫ ފަޅުގެ އިތުރުން ގއ. އަތޮޅުގެ ހަތަރު ރަށަކާއި ގދ. އަތޮޅުގެ ރަށެއްގައިވެސް އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓް ހެދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު ސަރުކާރުން ވަނީ ދީފައެވެ.
މި މަޝްރޫއަށް ކަނޑައަޅާފައިވާ ކުޑަހުވަދޫ ފަޅުގެ ޖުމްލަ ބޮޑުމިނަކީ 200 ހެކްޓަރެވެ. އަދި އޭގެ ތެރެއިން 164.3 ހެކްޓަރަކީ ތިލަ ފަޅު ސަރަހައްދެއް ކަމަށް ގެޒެޓުކޮށްފައިވާ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
Ads by BMLފަތުރުވެރިކަމުގެ މިފަދަ ބޮޑު މަޝްރޫއަކަށް ފަޅު ހުޅުވާލިއިރު، ރަށުގެ ރައްޔިތުންނާ އެކަށީގެންވާ މަޝްވަރާއެއް ނުކޮށް މިކަން އިއުލާނުކުރުމާ ގުޅިގެން ކުޑަހުވަދޫގެ ބައެއް އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ދާލު އެއާޕޯޓްވެސް އޮންނަ ދ. ކުޑަހުވަދޫއަކީ ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ ދަށުން މުޅި ސަރަހައްދަށް ޚިދުމަތްދެވޭ ގޮތަށް އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމަށް ކަނޑައަޅާފައިވާ މައިގަނޑު ހަތް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ.
Ads by MACL
