ކަރަންޓް ބްލެކްއައުޓް: އައިޖީއެމްއެޗަށް ކަރަންޓްދީފި
ކަރަންޓް ކެނޑިފައިވާ މާލެ ސަރަހައްދުގެ ތެރެއިން އައިޖީއެމްއެޗަށް ކަރަންޓްދީފިއެވެ.
ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑުނީ ޓެކްނިކަލް މައްސަލައަކާ ހެދި ކަމަށެވެ. އެ މައްސަލަ މެދުވެރިވާން ދިމާވި ސަބަބު ނޭނގޭ ކަމަށާއި ދެނެގަތުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުނީ މިއަދު މެންދުރުފަހު 12:30 ހާއިރެވެ.
"މިވަގުތު މުޅި މާލެއާއި ހުޅުމާލެ އޮތީ ބްލެކްއައުޓެއްގައި،" ސްޓެލްކޯއިން ބުންޏެވެ.
Ads by BML
Ads by MACL
