ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ހަންޏާމީދޫ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ޢަމަލީ މަސައްކަތް ފަށައިފި

ހަންޏާމީދު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ---
ހަންޏާމީދު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ޢަމަލީ މަސައްކަތުގެ ތެރެއިން ---

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އދ. ހަންޏާމީދޫގެ ޒުވާނުންނަށް ވެވަޑައިގެންނެވި ވަޢުދާ އެއްގޮތަށް، އެ ރަށު ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

މަހިބަދޫ ދާއިރާގައި ހިމެނޭ ހަންޏާމީދޫގައި ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް ފެށިގެން ދިއުމަކީ އެ ރަށުގެ ކުޅިވަރުގެ ދާއިރާއަށާއި، ޚާއްޞަކޮށް ފުޓްބޯޅައަށް ލޯބިކުރާ ގިނަ އަދަދެއްގެ ޒުވާނުންނަށް ލިބިގެންދިޔަ ބޮޑު އުފަލެކެވެ.

މި މަޝްރޫޢުގެ ދަށުން ދަނޑުގެ ބިން އެއްވަރުކޮށް، ސަބްބޭސް ތައްޔާރުކުރުމަށްފަހު، މިހާރު ކުރިއަށްދަނީ ފެންވަރު ރަނގަޅު ޓާފް އެޅުމުގެ މަސައްކަތެވެ. މީގެއިތުރުން ދަނޑުގެ ވަށާފާރާއި ފެންސް ޖެހުމުގެ އިތުރުން ރޭގަނޑުވެސް ކުޅެވޭނެހެން ލައިޓިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާނެއެވެ.

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ރަށްރަށުގެ ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން ހަންޏާމީދޫ ދަނޑުގެ މަސައްކަތް ފެށިގެން ދިޔައިރު، މި މަޝްރޫޢު ނިމުމުން އެ ރަށުގައި ފުޓްބޯޅަ މުބާރާތްތައް ބޭއްވުމަށާއި ކުޅުންތެރިންގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.