ކަރަންޓް ބްލެކްއައުޓް: ޖަނަރޭޓަރުތައް ސްޓާޓްކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓްދޭން ފަށައިފި
މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލާގައި ޖަނަރޭޓަރުތައް ސްޓާޓްކޮށް ބައެއް ސަރަހައްދުތަކަށް ކަރަންޓް ދިނުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.
ސްޓެލްކޯއިން ބުނީ މާލޭއާއި ހުޅުމާލޭގެ ޖަނަރޭޓަރުތައް ޖައްސަން ފަށައި، ކްރިޓިކަލް ތަންތަނުގެ ގޮތުގައި ބެލެވޭ އައިޖީއެމް ހޮސްޕިޓަލާއި ދަރުމަވަންތަ ހޮސްޕިޓަލަށް މިހާރު ވަނީ ކަރަންޓު ދެވިފައިވާކަމަށެވެ. އަދި މީގެ އިތުރުން މާލެ އާއި ހުޅުމާލޭގެ އެހެން ސަރަހަައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތްތައް ދަނީ ކުރެވެމުން ކަމަށެވެ.
މިވަގުތު މުޅި މާލެއާއި ހުޅުމާލެ އޮތީ ބްލެކްއައުޓެއްގައި،" ސްޓެލްކޯއިން ބުންޏެވެ.
ކަރަންޓު ކެނޑުނުތާ ގަޑިއިރެއްފަހުން، 13:30 ހާއިރު ބުނީ ޓޯޓަލް ބްލެކްއައުޓަކަށް ވާތީ، މިހާރު ކުރަނީ ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ ކުރިން އިންޖީނުތަކުގެ ޗެކަޕް ހެދުމުގެ މަސައްކަތް ކަމަށެވެ. ޗެކަޕް ނިމުމުން، ޖެންސެޓުތައް އެނަޖައިޒްކުރާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.
Ads by BML
Ads by MACL
