ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ހއ. މޮޅަދޫ ވޮލީ ކޯޓުގެ ފެންސްގައި ކުލަލުމުގެ މަސައްކަތް ކުރިއަށް

އަތޮޅުތަކުން: ހއ. މޮޅަދޫ ވޮލީ ކޯޓުގެ ފެންސްގައި ކުލަލުމުގެ މަސައްކަތް ކުރިއަށް

ހއ. މޮޅަދޫގައި ތަރައްޤީކުރަމުން އަންނަ އައުޓްޑޯ ވޮލީބޯޅަ ކޯޓު އެޅުމުގެ މަޝްރޫޢުގެ ދަށުން، ފެންސްގައި ކުލަލުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ވަސީލަތްތައް ޤާއިމުކޮށް ޒުވާނުންނަށް ފުރުޞަތުތައް ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢަކީ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

މި މަޝްރޫޢުގެ ދަށުން ކޯޓުގެ ބިން އެއްވަރުކުރުމާއި، ކޮންކްރީޓް އެޅުމުގެ އިތުރުން ފެންސާއި ލައިޓިންގ ހަރުކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

މޮޅަދޫ ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން އެ ރަށުގެ ކުޅިވަރު ކުޅޭ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ރަނގަޅު ވަސީލަތްތަކާއެކު ކުޅިވަރު ކުޅުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދަމުންނެވެ.