ފޯކައިދޫ އެމްޑީޕީ ކައުންސިލަރުން އިސްކޮށް ތިބެ ފެނަކަ ބްރާންޗަށް ވަދެ މުދަލަށް ގެއްލުންދީފި
ށ. ފޯކައިދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންތަކެއް އިސްވެތިބެ، ފޯކައިދޫ ފެނަކަ ބްރާންޗަށް ވަދެގަނެ އެ ތަނުގެ މުދަލަށް ގެއްލުންދީ މުވައްޒަފުންތަކެއް ބަންދުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ 2026 އޮގަސްޓު 30 އަދި 31 ވަނަ ދުވަހު ކަމަށް އެ ބްރާންޗުން މަޢުލޫމާތުދެއެވެ. މި އަމަލު ހިންގުމުގައި އިސްކޮށް އުޅުއްވީ ފޯކައިދޫ ކައުންސިލްގެ ރައީސާއި ޑަބްލިއުޑީސީގެ ރައީސްގެ އިތުރުން ކައުންސިލާއި ޑަބްލިއުޑީސީގެ ބައެއް އެހެން މެންބަރުންނާއި ކައުންސިލްގެ މުނިސިޕަލް މުވައްޒަފުން ކަމަށް ބުނެފައިވެއެވެ.
އެ ފަރާތްތަކުން ފެނަކަ އޮފީސް ތެރެއަށް ވަދެގަނެ އެ ތަނުގެ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ އިރު، އޮފީހުގައި ތިބި މުވައްޒަފުންނާ ދިމާލަށް ކައުންސިލްގެ ސްޕީކަރުތައް ބޭނުންކޮށްގެން ހަޑިހުތުރު ބަހުން އަޑުގަދަކޮށް ބިރުދައްކާފައިވާ ކަމަށްވެސް އެނގިފައިވެއެވެ.
Ads by BMLމީގެ އިތުރުން ފެނަކަ ބްރާންޗްގެ އިސް މުވައްޒަފަކާއި އިތުރު މުވައްޒަފަކު މެނޭޖަރުގެ ކޮޓަރީގައި ބަންދުކޮށް، ބޭރަށް ނުނިކުމެވޭ ގޮތަށް ގާތްގަނޑަކަށް 3 ގަޑިއިރު ވަންދެން ބައިތިއްބާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފޯކައިދޫ ފެނަކަ ބްރާންޗުން ވަނީ މި މައްސަލަ ކަމާބެހޭ މުއައްސަސާތަކުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މި ޢަމަލު ހިންގުމުގައި ބައިވެރިވި އެންމެހައި ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅައިދިނުމަށް އެދިފައެވެ.
Ads by MACL
