ބުޅަލަށް ޚާއްޞަ ރަށެއް ތަރައްޤީކުރަން ބޭރުގެ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށްފި
ރާއްޖޭގައި ބުޅާ ގެންގުޅެ ބެލެހެއްޓުމަށްޓަކައި 'ކެޓް އައިލެންޑް' އެއް ގާއިމުކުރުމަށް ބޭރުގެ ފަރާތްތަކުން ބޮޑު ޝައުގުވެރިކަމެއް ފާޅުކޮށް ޕްރޮޕޯސަލްތައް ހުށަހަޅަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފިޝަރީޒް އެންޑް އެގްރިކަލްޗަރ މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވީ، އެފަދަ ރަށެއް ތަރައްގީކުރުމަށް ލިބިފައިވާ ޕްރޮޕޯސަލްތައް މިހާރު ދަނީ ދިރާސާކުރަމުން ކަމަށެވެ. އަދި ޒަމާނީ ވަސީލަތްތަކާއެކު މި ޕްރޮޖެކްޓް ކުރިއަށް ގެންދެވިއްޖެނަމަ، ދުނިޔޭގެ ޕެޓް ކޮމިއުނިޓީގެ ސަމާލުކަން ރާއްޖެއަށް ލިބިގެންދާނެ ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން މާލެ ސަރަހައްދުގައި ގިނަވެފައިވާ ބުޅާތަކުގެ މައްސަލައަށް ހައްލެއް ގެނައުމަށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގާއިމުކޮށްފައިވާ "އޮޅުހިޔާ" މަރުކަޒު ބޮޑުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރު 280 ބުޅާ ބަލަހައްޓަމުން އަންނަ އެ ފެސިލިޓީގެ ޖާގަ އިތުރުކުރުމުން ގާތްގަނޑަކަށް 500 ބުޅަލަށް އެއްފަހަރާ ޚިދުމަތް ދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Ads by BMLމިދިޔަ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވި "އޮޅުހިޔާ" ފެސިލިޓީއަކީ، ޖަނަވާރުންނަށް ބޭނުންވާ ފަރުވާއާއި، ކްލިނިކާއި، ލެބޯޓްރީ އަދި ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ޒަމާނީ މަރުކަޒެކެވެ.
Ads by MACL
