ޖޫން މަސް ނިމުމުގެ ކުރިން އެއްމިލިއަން ފަތުރުވެރިން ހަމަވާނެ، ބޮޑު ކުރިއެރުމެއް!
މޭ މަހު ރާއްޖެއަށް 135،000އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރާތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ހުސްވި މޭ މަހު ރާއްޖެއަށް ޖުމުލަ 135,614 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް އައިސްފައިވަނީ 119,873 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %13.1 އިތުރުވުމެކެވެ. މިދިޔަ އަހަރު އެވްރެޖްކޮށް ރާއްޖެއަށް 4،000 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް މުޅި ޖުމްލަ 966,358 ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރާތްކުރި 892,243 ފަތުރުވެރިންނާއި އަޅާބަލާއިރު %8.3 އިތުރު އަދެކެވެ.
Ads by BMLފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ.
Ads by MACL
