އަތޮޅުތަކުން: މ. މުލައް ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ބާރަށް ކުރިއަށް
މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް އެ މަޝްރޫޢު ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި، ރަށް ގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން މިހާރު ތާވަލާ އެއްގޮތަށް ކުރިއަށްދަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ޖަހަންޖެހޭ ރިވެޓްމެންޓް އެޅުމުގެ އަމަލީ މަސައްކަތްތަކެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ތަރައްޤީގެ މުހިންމު ގިނަ މަޝްރޫޢުތަކެއް ހިންގަމުން އަންނަ އެމްޓީސީސީން ބުނީ، އެ ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް ދިމާވެފައިވާ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ފުރިހަމަ ހައްލެއް ގެނެސްދިނުމުގެ ގޮތުން މި މަޝްރޫޢުގެ މަސައްކަތްތައް ފެންވަރު ރަނގަޅުކޮށް ވީހާވެސް އަވަހަކަށް ނިންމައި ރައްޔިތުންނާ ހަވާލުކުރުން ކަމަށެވެ.
Ads by BMLކުންފުނިން ކުރިއަށްގެންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ ތަފްސީލީ މަޢުލޫމާތުތައް އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ބަލައިލެވޭނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.
Ads by MACL
