އަތޮޅުތަކުން: ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް
ޏ. ފުވައްމުލަކު ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތްތަކެއް ބާރު ސްޕީޑެއްގައި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ ތަފްސީލު ހާމަކުރަމުން އެމްޓީސީސީން ބުނީ، މިހާރު ކުރިއަށްދަނީ ފެން ހިންދާ ނިޒާމުގެ ސެޓްލްމަންޓް ޓޭންކުތައް ބެހެއްޓުމާއި، ކޭބަލް ޖަންކްޝަން ބޮކްސް ހަރުކުރުމުގެ އިތުރުން ހޮޅި އެޅުމުގެ އަމަލީ މަސައްކަތްތައް ކަމަށެވެ.
ފުވައްމުލަކު ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ފެންވަރު ރަނގަޅުކޮށް ވީހާވެސް އަވަހަކަށް ނިންމުމަކީ ކުންފުނީގެ މައިގަނޑު އަމާޒެވެ.
Ads by BMLމި މަޝްރޫޢުގެ އިތުރުން އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެންމެ ފަހުގެ މައުލޫމާތުތައް އެ ކުންފުނީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ބަލައިލެވޭނެއެވެ.
Ads by MACL
