އިންޑޮނޭޝިއާގައި އަލަށް އެޅި ބްރިޖެއް ހުޅުވިތާ މަދު މިނެޓުކޮޅެއްގެ ތެރޭގައި ވެއްޓިއްޖެ
އިންޑޮނޭޝިއާގެ ވެސްޓް ޖާވާ ޕްރޮވިންސްގައި އަލަށް ބިނާކުރި ސަސްޕެންޝަން ބްރިޖެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ނިމުނު ވަގުތު މުޅި ބްރިޖު ކުއްލިއަކަށް ވެއްޓި ނުރައްކާތެރި ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ ބްރިޖު ރަސްމީކޮށް އިފްތިތާޙުކޮށް ނިމުނުތާ މަދު މިނެޓުކޮޅެއްގެ ތެރޭގައެވެ.
ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، އެ ސަރަޙައްދުގެ ޑިސްޓްރިކްޓް ވެރިޔާއާއި ސަރުކާރުގެ އިސް އޮފިޝަލުން އަދި އާންމު ރައްޔިތުން ހިމެނޭހެން ގިނަ އަދަދެއްގެ ބަޔަކު ވަނީ އެއްފަހަރާ އެ ބްރިޖު ހުރަސްކުރުމަށްޓަކައި އަރާފައެވެ.
ރިޕޯޓްތައް ބުނާގޮތުގައި 50 އަށްވުރެ ގިނަ މީހުން އެއްފަހަރާ ބްރިޖަށް އެރި ވަގުތު، ބްރިޖު ކުއްލިއަކަށް ވަރަށް ބޮޑަށް ހެލެން ފެށިއެވެ. އަދި އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އެއްފަރާތަކަށް އަރިއަޅާލައި، ސީދާ ތިރީގައި އޮތް ކޯރަށް ވެއްޓުނެވެ.
Ads by BMLކޯރުގެ ސަތަހައިން ފެށިގެން ގާތްގަނޑަކަށް 40 މީޓަރު އުހުގައި އަޅާފައިވާ މި ބްރިޖު ވެއްޓުނު ވަގުތު، އޭގެ މަތީގައި ތިބި އޮފިޝަލުންނާއި އާންމުން ބްރިޖުގެ ކައިރިފަށުގައިވާ ރެއިލިންގްތަކުގައި ބާރަށް ހިފަހައްޓައިގެން ތިބެ ސަލާމަތަށް އެދި ބިރުން ހަޅޭއްލަވަމުން ދިޔަ މަންޒަރު އާންމުވި ވީޑިއޯތަކުން ފެނެއެވެ. ބްރިޖު ކަނޑައިގެން ދިއުމާއެކު ގިނަ ބަޔަކު ވަނީ ތިރީގައި އޮތް ފެންގަނޑުގެ ތެރެއަށް ވެއްޓިފައެވެ.
https://twitter.com/AlArabiya_Eng/status/2094783057467265035
ކަމާބެހޭ އިދާރާތަކުން ލަފާކުރާ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ބްރިޖު ހަރުކުރުމަށް ބޭނުންކޮށްފައިވާ މުހިންމު ބައިތަކަށް ނުވަތަ އެންކަރިންގ ޑިވައިސްތަކަށް ގެއްލުންވެ، އެއްފަހަރާ އެރި މީހުންގެ ބަރުދަން ނުހިފެހެއްޓުމެވެ. މި ހާދިސާ ހިނގަން މެދުވެރިވި އަސްލު ސަބަބު ދެނެގަތުމަށާއި ބިނާކުރުމުގެ ފެންވަރު ބެލުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރު ތަޙުޤީޤުތައް ހިންގަމުންނެވެ.
Ads by MACL
