އަތޮޅުތަކުން: ހއ. ދިއްދޫ ވޮލީ ކޯޓު ޕިޗް އެޅުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ނިންމާލައިފި
ހއ. ދިއްދޫގައި ތަރައްގީކުރި ވޮލީ ކޯޓުގެ ޕިޗް އެޅުމުގެ މަޝްރޫއުގެ އަމަލީ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލައިފި ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ ދަށުން ދިއްދޫގެ ޒުވާނުންނަށާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް ފެންވަރު ރަނގަޅު ވަސީލަތްތަކެއް ހޯދައިދިނުމުގެ ގޮތުން، ވޮލީ ކޯޓުގެ ސަބްބޭސް ތައްޔާރުކޮށް، ޒަމާނީ ފެންވަރަށް ޕިޗް އެޅުމުގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
އެމްޓީސީސީން ބުނީ ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ގައުމު ބިނާކުރުމަށް ކުރިއަށްގެންދާ މިފަދަ ތަރައްގީގެ މުހިންމު މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން، މި ވޮލީ ކޯޓުގެ ސަބަބުން ދިއްދޫގައި ވޮލީބޯޅަ ކުޅުމުގެ ފުރުސަތުތައް އިތުރަށް ފަހިވެ، އެ ރަށުގައި މުބާރާތްތައް ބޭއްވުމަށާއި ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.
Ads by MACL
