އަތޮޅުތަކުން: ކ. ގުޅީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް
ކ. ގުޅީ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ "ޑިޒައިން އެންޑް ބިލްޑް" މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
މި މަޝްރޫއަކީ ގުޅީގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއާ ގުޅިފައިވާ، އަދި އެ ރަށުގެ ލަފާފުރުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މަޝްރޫއުގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި އައު ބަނދަރު ފުންކުރުމުގެ އިތުރުން، ބޭރުތޮށި ލުމާއި، ރިވެޓްމެންޓް ޖެހުމާއި، އެއްގަމުތޮށި ލުމުގެ އިތުރުން ޖެޓީ އެޅުމާއި ބަނދަރު ސަރަހައްދުގައި މަގުބައްތި ހަރުކުރުން ހިމެނެއެވެ.
ރައްޔިތުންގެ ކުންފުނީގެ ގޮތުގައި ގައުމު ބިނާކުރުމަށް އެމްޓީސީސީން ކުރިއަށްގެންދާ ތަރައްގީގެ އެކި މަޝްރޫއުތަކުގެ އެންމެ ފަހުގެ މައުލޫމާތާއި އަދާހަމަތައް އެ ކުންފުނީގެ ޕްރޮޖެކްޓްސް ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ބަލައިލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.
Ads by BMLފަތުރުވެރިކަމާއި ލޯކަލް ވިޔަފާރިތައް ފުޅާވަމުން އަންނަ ގުޅީގެ އައު ބަނދަރުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމުން، އެ ރަށަށް ދަތުރުކުރާ އުޅަނދުފަހަރަށް ލަފާފުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ލުޔެއް ލިބި، ރަށުގެ އިގުތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެއެވެ.
Ads by MACL
