އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަނެއްކާވެސް ޢަޒީޒް ޢައްޔަނުކުރައްވައިފި
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު މީގެކުރިން ވެސް ފުރުއްވާފައިވާ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އަލުން އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައި، މަޖިލީހުގެ ރުހުމާއެކު އޭނާ މި މަގާމަށް ޢައްޔަނުކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ.
ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒަކީ 2014 އިން 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވި ތަޖުރިބާކާރު ބޭފުޅެކެވެ. މީގެއިތުރުން 2009 އިން 2014 އަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް އޭނާ ވަނީ އަދާކުރައްވާފައެވެ.
Ads by BMLމި ސަރުކާރުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ޢަޒީޒް، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ހަމައަށް ހުންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.
Ads by MACL
