ރޮކްޒީ ވާދެމުން 2025- މުބާރާތުގެ ޕާޓްނަރުންނާއިއެކު ސޮއިކޮށްފި
ރޮކްޒީ ވާދެމުން 2025 ގެ ޕާޓްނަރުންނާއިއެކު ސޮއި ކޮށްފިއެވެ.
މިއީ އެޗްޑީސީ އާއި މިނިސްޓްރީ އޮފް ސްޕޯޓްސް އެންޑް ފިޓްނަސް ރެކްރިއޭޝަންއާއި އެޗްޑީސީގެ ބޮޑު އެހީތެރިކަމާއިއެކު ރޮކްޒީން ބާއްވާ މުބާރާތެކެވެ.
މުބާރާތުގެ އެކިއެމި ޕާޓްނަރުންނާއިއެކު އެގްރިމެންޓްތަކުގައި ސޮއި ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެގްރީމަންޓްތައް ހަވާލުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޑެޕިއުޓީ ޕީޖީ ލީޑަރ މުހައްމަދު އިސްމައިލްއެވެ.
Ads by BMLމި ރަސްމިއްޔާތުގައި މެމްބަރު މުހައްމަދު ވިދާޅުވީ ދިވެހިންގެ ތެރޭގައި ނެތެމުންދާ ކުޅިވަރެއް އާލާކޮށް ރޫހު ޖެއްސުމަށްޓަމައި ރޮކްޒީން އިސްނެންގެވީތީ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި މިފަދަ ކަންކަމަށް ތަރުހީބުދީ އަމިއްލަ ގޮތުންނާއި ސަރުކާރުގެ އެކިއެކި މުވައްސަސާތަކުން އެހީތެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނޭ ކަމަށެވެ.
އަދި މިހާރުވެސް މި މުބާރާތް މިއޮތީ ރަނގަޅު ހިސާބެއްގައި ކަމަށާއި ވާދެމުމުގެ ފޯރި އަލުން ގެނެވިދާނެކަމަށް ފެންނަކަމަށެވެ.
މި ރަސްމިއްޔާތުގައި ރޮކްޒީގެ ރައީސް ފިޝާވިން ވިދާޅުވީ ހާރުދަން ވާދެމުން މިއީ އެއިރު ދިވެހިންގެ ލައްކަ ޖޯޝު ހުރި ކުޅިވަރެއް ކަމަށާއި މުޅި ރާއްޖެ އެކަމަށް ހުސްވި މުބާރާތެއް ކަމަށެވެ. އަތޮޅު ތެރެއަށް ހުޅުވާލައި އަތޮޅާއި ރަށުގެ ވާދަވެރިކަން އިންތިހާއަށް ފެނުނު މުބާރާތެއް ކަމުން އެ ހުންނަ ހިތްވަރު ވަޒަން ކުރެވޭ ފަދަ ފޯރި ގަދަ މުބާރާތެއް ކަމަަށެވެ.
އަދި ރޮކްޒީން މި އުފަންކުރުވަނީ އެ ޖޯޝާއި އެ ފޯރި ކަމަށެވެ. އެ ހިތްވަރާއި އެ އެކުވެރިކަން ގެންނަން ބޭނުންވާ ކަމަށެވެ. ވަލަށް ވާންކޮށް އެ ހިފާލާ ހިފާލުން ވުޖޫދަށް ގެނައުމަށް ރޮކްޒީން މިވަނީ ތައްޔާރުފައި ކަމަށް ފިޝާވިން ވިދާޅުވިއެވެ.
އެއުއްމީދުގައި ކުރި މަސައްކަތް މިއަދު ކާމިޔާބުވެ މާތް الله ގެ ތަނަވަސް ރަހުމަަތާއިއެކު ރޮކްޒީން ވާދެމުން 2025 ވުޖޫދުވެ ފެށުމަށް މިވަނީ ކުޑަތަންވެފައި ކަމަށް ފިޝާވިން ވިދާޅުވިއެވެ.
މުބާރާތުގެ ޕާޓްނަރުން
- އަމަން އަމާން ކަން ދެމެހެއްޓުމުގެ ޒިންމާގެ ދަށުން ދިވެހި ފުލުހުން
- ސަޕޯޓިން ޕާޓްނަރަކީ ދިވެހި ރެޑްކްރެސެންޓް.
- ސަޕޯޓިން ޕާޓްނަރ އާރްޑީސީ.
- ކޯ ސްޕޮންސަރަކީ ލިޓަސް.
- ބެވަރޭޖް ޕާޓްނަރަކަށް އައިލެން ބެވަރޭޖް މޯލްޑިވްސް އެވެ.
- އޮފިޝަލް މީޑިއާ ޕާޓްނަރަކީ ޖީލު އޮންލައިން އެވެ.
ބްރޭންޑް އެމްބެސެޑަރުންގެ ގޮތުގައި ދިވެހި ބޮޑުބެރުގެ ލެޖެންޑް ހަރުބީ މަންޑޭ އަދި ޓިކްޓޮކް ހަމްބެގެނއިތުރުން އައްޔު ހިމެނެއެވެ.
އޮފިޝަލް ފޮޓޯގްރަފީ ޕާޓްނަރަކީ ސިޑިބަރިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ބޮޑު އީދު ބަންދުގައެވެ.
Ads by MACL
