ކ. ތިލަފުށީ އެމްޕީއެލް ސައިޓުގެ ކީވޯލް ހެދުމުގެ މަޝްރޫޢުގެ ބޮޑުބައެއް ނިމި، މަސައްކަތް ބާރަށް ކުރިއަށް
ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސައިޓުގައި 100 މީޓަރުގެ ކީވޯލް ޑިޒައިންކުރުމާއި ހެދުން އަދި ޕޭވިންގ ހެދުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ސައިޓުގައި ޖަހަންޖެހޭ ޝީޓް ޕައިލް ހަރުކުރުމުގެ އެންމެހައި މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
އަދި މީގެ އިތުރުން ކީވޯލް ވަރުގަދަކުރުމަށް އަޅާ ކެޕިންގ ބީމް އެޅުމަށްޓަކައި ވާންޖެހޭ ތައްޔާރީތަކާއި، ދަގަނޑު ބަނުމުގެ މަސައްކަތްތައް މިހާރު ބާރަށް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
Ads by BMLމި މަޝްރޫޢުގެ ދަށުން ތިލަފުށީ އެމްޕީއެލް ސައިޓުގައި 100 މީޓަރުގެ ކީވޯލެއް ޤާއިމުކުރުމުގެ އިތުރުން، ބަނދަރު ސަރަޙައްދުގައި ޕޭވްމަންޓް ހެދުމާއި އެ ސަރަޙައްދުގެ ބިން އެއްވަރުކޮށް ހަރުދަނާކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ސަރުކާރުން ރާއްޖޭގެ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ފުޅާކޮށް ލުއިފަސޭހަ ކުރުމަށްޓަކައި ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް އެމްޓީސީސީގެ މަޝްރޫޢުތަކާ ބެހޭ ޕޯޓަލް މެދުވެރިކޮށް އަންނަނީ ޢާންމުކުރަމުންނެވެ.
Ads by MACL
