ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: ރ. ކިނޮޅަހު ފުޓްސަލް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް

އަތޮޅުތަކުން: ރ. ކިނޮޅަހު ފުޓްސަލް ދަނޑު އެޅުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށް
ރ. ކިނޮޅަހު ފުޓްސަލް ދަނޑު ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި، މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފުޓްސަލް ދަނޑުގެ 200 މީޓަރުގެ ސަރަހައްދެއްގައި ސިމެންތި ޖެހުމާއި ކުލަލުމުގެ މަސައްކަތްތަކެވެ.
ކުޅިވަރުގެ ދާއިރާއިން ޒުވާނުން ބާރުވެރިކުރުވައި ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ނިމުމުން، ކިނޮޅަހުގެ ކުޅިވަރު ކުޅޭ ޒުވާނުންނަށް ޒަމާނީ ފެންވަރުގެ ފުޓްސަލް ދަނޑެއް ލިބިގެންދާނެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ކާމިޔާބުކަމާއެކު ހިންގަމުން އަންނަނީ އެމްޓީސީސީންނެވެ.