ދާ ޖަހައިގެން މަސްހިފަން ނިކުމެ އުޅުނު މީހަކު ގެއްލިގެން ހޯދަން ފަށައިފި
ދާ ޖަހައިގެން މަސް ހިފަން ނިކުމެ އުޅުނު ލ ގަމުގެ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ލ ގަން ފެސްފަރީ އަބްދުއް ސަމަދު މުހައްމަދުއެވެ.
ގަމު ކައުންސިލުން ބުނީ މިއަދު ހެނދުނު ބަޔަކާ އެކުގަ މަހަކަންފުށި ކައިރިއަށް ދާ ޖަހަގެން މަސް ހިފަން ދިޔަ އަބުދުލްސަމަދު މުހައްމަދު (ސަމަދު) ތުނޑީ ފެސްފަރީ ލ.ގަން ،ގެެއްލިގެން ހޯދުމުގެ މަސައްކަތް ކުރިޔަށް ދާ ކަމަށެވެ.
Ads by BMLއަދި މި ކަމުގަ ވީހާގިނަ ރައްޔިތުން ބައިވެރިވެ ދެއްވުން އެދޭ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
އެނގިފައިވާ ގޮތުގައި މަސްހިފަން ނިކުމެ އުޅުނީ އެ ރަށުގެ ގުރޫޕަކާއިއެކު އެވެ.
Ads by MACL
