ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

އަތޮޅުތަކުން: އދ. އޮމަދޫ ޕޮލިސް ޕޯސްޓްގެ ފުރާޅުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފި

އަތޮޅުތަކުން: އދ. އޮމަދޫ ޕޮލިސް ޕޯސްޓްގެ ފުރާޅުގެ އެންމެ ފަހުގެ މަސައްކަތްތައް ފަށައިފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އދ. އޮމަދޫގައި ތަރައްޤީކުރަމުންދާ ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަޝްރޫޢުގެ މަސައްކަތްތައް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މިހާރު އެ ސައިޓުގައި ކުރިއަށްދަނީ އިމާރާތުގެ ފުރާޅު އެޅުމުގެ އެންމެ ފަހުގެ މަސައްކަތްތަކެވެ.

މީގެއިތުރުން ޕޮލިސް ޕޯސްޓުގެ ބޭރު ވަށާފާރުގައި ސިމެންތި ޖެހުމުގެ މަސައްކަތްތަކާއި، އިމާރާތުގެ އެތެރޭގެ ގައު އެތުރުމުގެ (ބްލޮކް) މަސައްކަތްތައްވެސް މިހާރު ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް، ރައްޔިތުންނަށް އަމާން އަދި ރައްކާތެރި މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން އޮމަދޫގައި ޤާއިމުކުރާ މި ޕޮލިސް ޕޯސްޓަކީ އެ ރަށުގެ އިޖުތިމާޢީ ޞުލްޙަމަސަލަސްކަން ދެމެހެއްޓުމަށާއި ކުށް މަދުކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެކެވެ.

މި މަޝްރޫޢުގެ އިތުރު އަދާހަމަތަކާއި ތަފްޞީލުތައް އެމްޓީސީސީގެ ރަސްމީ ޕްރޮޖެކްޓްސް ޕޯޓަލް މެދުވެރިކޮށް ބަލައިލެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.