ބުދަ، 18 ނޮވެމްބަރު 2026
ޚަބަރު

ޕީއެސްއައިޕީގެ ދަށުން އޮމަދޫ އަދި ދަނގެތީގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު އެފްޑީސީން ފޮނުވަން ފަށައިފި

ޕީއެސްއައިޕީގެ ދަށުން އޮމަދޫ އަދި ދަނގެތީގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު އެފްޑީސީން ފޮނުވަން ފަށައިފި

ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އދ. އޮމަދޫ އަދި އެ އަތޮޅު ދަނގެތީގައި ހިންގުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ފޮނުވުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ފަށައިފިއެވެ.

މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ކޮންސްޓްރަކްޝަން ސާމާނާއި އެހެނިހެން ވަސީލަތްތައް މާލެއިން ދެ ރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ދަނީ ބާރަށް ކުރިއަށެވެ. އެފްޑީސީން މަޢުލޫމާތު ދޭ ގޮތުގައި، މި ސާމާނުތައް ރަށްރަށަށް ފޮނުވަނީ ކަނޑުމަގުން ބާޖުތަކާއި ކޮޅުވެއްޓި ފަދަ އުޅަނދުތައް ބޭނުންކޮށްގެންނެވެ.

އަތޮޅުތަކުގެ ރަށްރަށުގައި ސަރުކާރުން ހިންގާ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަޝްރޫޢުތައް ވީހާވެސް އަވަހަށް ނިންމުމަށް އެ ކޯޕަރޭޝަނުން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އޮމަދޫ އާއި ދަނގެތީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ސައިޓުތަކަށް ބޭނުންވާ ސާމާނު ލިބުމުން، ޢަމަލީ މަސައްކަތްތަކަށް އިތުރު ދިރުމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕީއެސްއައިޕީގެ ދަށުން ކުރިއަށްގެންދާ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން ރަށްރަށުގެ ޢުމްރާނީ ތަރައްޤީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ރައްޔިތުންނަށް ފަސޭހަ ޚިދުމަތްތަކެއް ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.