އަތޮޅުތަކުން: އުކުޅަހު ޕޮލިސް ސްޓޭޝަންގެ އެތެރޭގެ ސިމެންތި ޖެހުމުގެ 75 އިންސައްތަ މަސައްކަތް ނިމިއްޖެ
އއ. އުކުޅަހުގައި އަލަށް ތަރައްޤީކުރަމުން އަންނަ ޕޮލިސް ސްޓޭޝަން އިމާރާތުގެ އެތެރޭގެ ފާރުތަކުގައި ސިމެންތި ޖެހުމުގެ 75 އިންސައްތަ މަސައްކަތް މިހާރު ފުރިހަމަކުރެވިފައިވާ ކަމަށް އެ މަޝްރޫޢު ހިންގާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ދަށުން މިހާރު އެންމެ ބާރަށް ކުރިއަށްދަނީ އިމާރާތުގެ ފުރާޅުގައި ޓިނު އެޅުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.
އުކުޅަހުގައި އަމާން އަދި ރައްކާތެރި މާޙައުލެއް ޤާއިމުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތްތައް ނިމުމުން، ރަށު ފެންވަރުގައާއި އެ ސަރަޙައްދުގައި ޤާނޫނު ތަންފީޒުކުރުމުގެ ޤާބިލުކަން އިތުރުވެ، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އަވަސްވެގެންދާނެއެވެ.
Ads by BMLމި އިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަށް އެކަށޭނަ ޖާގައާއި ޒަމާނީ ވަސީލަތްތައް ލިބިގެންދާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.
Ads by MACL
